28 Sep 2015, 18:52
މީހެއްގެ ބަރަހަނާ ފޮޓޯތަކެއް ހުރި ކަމަށް ބުނެ ބިރުދައްކައިގެން، ބަދުއަޚުލާޤީ ޢަމަލު ހިންގަން މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ ބިރުދައްކައި ބުލެކްމެއިލް ކުރަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ތަޙުޤީޤު ޓީމުން ކުރި މަސައްކަތުން ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރުފަހު 2:30 ހާއިރު މާލޭ ގެސްޓް ހައުސްއަކުން ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުންނެވެ.