28 Sep 2015, 12:03
މާފަންނު، އައިޖީއެމް ކުރިމަތީމަގު، ކަނބާއައިޝާ ރަނިހިނގުމުން، މަޖީދީމަގަށް ނުކުންނަން ދިޔަ ކޮންޓޭނަރު ލޮރީއެއް ގަހެއްގައި ޖެހި އެ ގަސް ބިނދިއްޖެ އެވެ.
މަންޒަރު ދުށް މީހަކު ސަން އަށް ބުނީ، އެ ހާދިސާގައި މީހަކަށް އަނިޔާވެ، ޒަހަމު ނުވާ ކަމަށެވެ. ނަމަވެސް ފުލުހުން އެސްކޯޓުކޮށްގެން ވަންވޭއާ އިދިކޮޅަށް މަޖީދީމަގަށް ނުކުންނަން ދިޔަ ކޮންޓޭނަރު ލޮރީ ގަހެއްގައި ޖެހި، ގަސް ބިނދުނު އިރު އެ ސަރަހައްދުގައި ތިބި ދެ މީހަކު ސަލާމަތްވީ ހަމަ ކިރިޔާ ކަމަށެވެ.
ސަން އަށް ވާހަކަ ދެއްކި މީހާ ބުނީ ކޮންނޭނަރު ލޮރީ މަޖީދީމަގަށް ނުކުތީ ފުލުހުން އެސްކޯޓުކޮށްގެން ކަމަށާއި ލޮރީ ވެސް ދިޔައީ ހަތަރު ސިގުނަލް ވެސް ދިއްލަމުން ކަމަށެވެ.
އެ ލޮރީ އެއީ ކޮން އެއްޗެއް އަރުވައިގެން ދިޔަ އަދި ކޮން ބައެއްގެ ލޮރީއެއް ކަމެއް ނޭނގެ އެވެ.
ފުލުހުން ބުނީ މިއަދު އެފަދަ ހާދިސާއެއް ހިނގި ކަމަށާއި އެއްވެސް މީހަކަށް ކަމެއް ނުވާ ކަމަށެވެ.