28 Sep 2015, 11:53
ގައުމުގެ މުސްތަގްބަލް ކަމަށްވާ ކުޑަކުދިންގެ ގާތުނ،ް މީހުންނާ ގުޅޭ، މައުސޫމު އަދި ތެދުވެރި ބަޔަކަށް ވުމަށް ބޮޑެތި މީހުން ދަސްކުރަންޖެހޭ ކަމަށް ބޮލީވުޑްގެ މެގާސްޓާރު އަމީތާބް ބައްޗަން ބުނެފި އެވެ.
ސިޓީ ސްކޫލެއްގައި އޮތް ހަފްލާއަކަށް ޒިޔާރަތްކުރުމަށްފަހު ބައްޗަން، 72،ގެ އަމިއްލަ ބްލޮގުގައި ލިޔެފައިވަނީ، ކުޑަކުދިންނާއެކު ވަގުތު ހޭދަކުރުމަކީ އޭނާއަށް ލިބޭ އުފަލެއް ކަމަށެވެ.
"އެކުދިންގެ ތެރެއިން ކޮންމެ ވެސް އެއްކުއްޖަކު ކޮންމެވެސް އެއް ދުވަހަކުން ގައުމު ހިންގާނެ. ކުދިންނަކީ މީހުންނާ ގުޅޭ، އެއްވެސް ބިރެއް ނެތް، ތެދުވެރި، މައުސޫމު އަދި ބުނަން ބޭނުންވާ އެއްޗެއް އެއްވެސް ޖެހިލުމަކާ ނުލާ ބުނެލާ ބައެއް...ކުދިންގެ ގާތުން އަހަރެމެން އެތައް ކަމެއް ދަސްކުރަންޖެހޭ،" ބައްޗަން ލިޔެފައިވެ އެވެ.
ޕްރަކާޝް ޖާ ޑައިރެކްޓްކޮށް 2011 ވަނަ އަހަރު ނެރުނު ފިލްމު، "އާރަކްޝާން" ގައި ޕްރިންސިޕަލެއްގެ ރޯލު ކުޅެފައިވާ އަމީތާބު ބުނިގޮތުގައި ކުދިންނާ ބައްދަލުވުމުން އޭނާވީ ދަރިވަރަކަށެވެ. އަދި ދަރިވަރުންވީ މުދައްރިސުންނަށެވެ.