27 Sep 2015, 15:12
މިރޭ ފަތިހު ހިފާ ރަތް ހަނދުކޭތައާ ގުޅިގެން ކޭތަ ނަމާދު މާލެއާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި މިރޭ ފަތިސް ނަމާދަށް ފަހު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މެޓް އޮފީހުން ބުނެފައިވަނީ ރަތް ހަނދު ކޭތަ ހިފަން ފަށާނީ މިރޭ ފަތިހު 5:11 އެހާކަންހާއިރު ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސަން' އަށް ވިދާޅުވީ ކޭތަ ނަމާދު ކުރުން މާލޭގައި ނަމަ އިސްލާމީ މަރުކަޒުގައި އަދި ރަށްރަށުގައި ނަމަ އެރަށެއްގައި ހުއްނަ އެންމެ ބޮޑު މިސްކިތެއްގައި މިރޭ ފަތިސް ނަމާދަށް ފަހު 5:15 ހާއިރު އޮއްނާނެ ކަމަށެެވެ.
ކޭތަނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކީރިތި ރަސޫލާގެ ދުވަސްވަރުވެސް އެކަލޭގެފާނު ކޭތަ ނަމާދު ކުރައްވައި އުޅުއްވި ކަމަށެވެ. އަދި ހުރިހާ ފަރާތަކުންވެސް މިރޭގެ ކޭތަ ނަމާދުގައި ބައިވެރިވެ ވަޑައިގަތުމަށް އޭނާ އެދިލެއްވި އެވެ.
ރާއްޖޭގައި ޒަމާނުއްސުރެއްވެސް ހަނދުކޭތަ ނަމާދު ދަނީ ކުރަމުންނެވެ.