27 Sep 2015, 11:07
ސްރީ ލަންކާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ މިހިން ލަންކާއިން އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އަނެއްކާ ވެސް ރާއްޖެއާއި ސްރީލަންކާ އާ ދެމެދު ވައިގެ ދަތުރުތައް ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދަތުރުތައް ފެށުމުގެ ގޮތުން އަންނަ އަންނަ ނޮވެމްބަރު މަހުގެ 15 ގެ ކުރިން ޓިކެޓް ނަގާ ފަރާތްތަކަށް ޚާއްސަ އަގުތަކެއްގައި ޓިކެޓް ވިއްކާނެ ކަަމަށް މިހިން ލަންކާއިން ބުނެއެވެ.
އެ ގޮތުން އެއްކޮޅު ޓިކެޓް ވިއްކަނީ 85 ޑޮލަރު ( 1310 ރުފިޔާ) އަށެވެ. އަދި
ދެ ކޮޅު ޓިކެޓް ވިއްކަނީ 143 ޑޮލަރު ( 2205 ރުފިޔާ) އަށް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އެ ދުވަސްތަކުގައި ޓިކެޓް ގަންނަ ފަރާތްތަކުން މިއަހަރު ނިމުމުގެ ކުރިން ދަތުރުކުރަންޖެހެއެވެ.
މިހިންލަންކާގެ ފްލައިޓްތައް ދަތުރުކުުރުމަށް ހަމަޖެހިފައި ވަނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. މާލޭން ލަންކާ އަށް ފުރުން އޮންނާނީ އިރުއޮއްސި 6:55 ގައެވެ. އަދި ލަންކާއިން މާލެ އަށް ފުރުން އޮންނާނީ ހަވީރު 4:30 ގައެވެ.