ރާއްޖެ ހިމެނޭ ސަރަހައްދަށް ބިންހެލުމެއް މިއަދު މެންދުރު އައިސްފައިވާ ކަަމަށާއި އެހެންނަމަވެސް ސުނާމީއެއް ފަދަ އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ބިންހެލުން އައިސްފައި ވަނީ މިއަދު މެންދުރު 1:30 އެހާކަންހާއިރު ރާއްޖޭގެ ދެކުނު ހުޅަގުން 1232 ކިލޯމީޓަރު ދުރަށް ކަމަށެވެ.

އެއީ 5.0 މެގްނިޓިއުޑްގެ ބިންހެލުމެއް ކަަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

ބިންހެލުން އައި ސަރަހައްދާއި އެންމެ ކައިރީގައި އޮތީ ޑިއެގޯގާސިއާ އެވެ. އެ ގައުމަށް ވެސް އަދި މި ސަރަހައްދުގެ އެއްވެސް ގައުމަކަށް ވެސް ބިންހެލުމުގެ ސަބަބުން އަސަރެއްކޮށްފައިވާ ކަަމަކަށް ރިޕޯޓްކުރެވިފައި ނެތެވެ.