ގދ. ގައްދޫ ފަޅުތެރޭގައި އޮތް، ޏ. ފުވައްމުލަކު ދޯންޏެއްގައި ރޯވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ، ގައްދޫ ފަޅުތެރޭގައި އޮތް ފުވަސްމުލަކު ދޯންޏެއްގައި ރޯވެގެން މިއަދު 11:15 ކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި ނަމަވެސް އަދި މުޅިން ނިއްވާ ނުލެވޭ ކަމަށެވެ.

ފުލުުހުން ބުނީ، ދޯނީގައި މާބޮޑަށް ރޯ ނުވާ ކަމަށާއި ރޯވީ ހަމަ އެކަނި ގެގަނޑުގައި ކަމަށެވެ. އަދި އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ދޯނިން އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.