25 Sep 2015, 23:53
ހައްޖަށް ވަޑައިގެން އުޅުއްވާ މުސްލިމް ގައުމުތަކުގެ ވެރިންނާއި ސައުދީ ރަސްގެފާނު ސަލްމާން ބިން އަދްލުލް އަޒީޒު ރަސްމީގަނޑުވަރުގައި ބައްދަލުކުރައްވައިފިއެވެ. އިސްލާމީގައުމުތަކުގެ ލިޑަރުންގެ އިތުރަށް ހައްޖު ޑެލިގޭޝަންތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގެންނެވިއެވެ.

މުސްލިމް ގައުމުތަކުން ހައްޖަށް ވަޑައިގެން އުޅުއްވާ އިސްބޭފުޅުންނާއި ސައުދީ ރަސްގެފާނު ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: އަލްރިޔާދު
އެ ބައްދަލުކުރެއްވުމުގައި ސައުދީ ރަސްގެފާނާ ކަނާއަތްފަރާތުން އެއްމެ އަރިހުގައި އިންނެވީ ރައީސް ޔާމިނެވެ. އަދި އެ ބައްދަލުވުމުގައި އެމްޑީއޭގެ ލީޑަރު އަދި މީދު ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މުސްލިމް ގައުމުތަކުން ހައްޖަށް ވަޑައިގެން އުޅުއްވާ އިސްބޭފުޅުންނާއި ސައުދީ ރަސްގެފާނު ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: އަލްރިޔާދު
އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑަިގެންނެވި އެހެން އިސްބޭފުޅުންގެ ތެރޭގައި ސެނަގާލްގެ ބޮޑު ވަޒީރާއި މާލީގެ ކުރީގެ ރައީސާއި އިންޑޮނޭޝިއާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސް އާއި ސޫދާނުގެ ނައިބު ރައީސް ބަކްރީ ހަސަން ސޯލިހާއި މިސްރުގެ ވަގުތީ ބޮޑުވަޒީރު އިބްރާހިމް މަހްލަބްއާއި އިރާޤްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ސާލިމް އަބްދުﷲ އަލް ޖުބޫރީއާއި، ނައިޖީރިއާގެ ޕާލިމެންޓްގެ ރައީސްގެ އިތުރުން އެހެނިހެން އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މުސްލިމް ގައުމުތަކުން ހައްޖަށް ވަޑައިގެން އުޅުއްވާ އިސްބޭފުޅުންނާއި ސައުދީ ރަސްގެފާނު ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: އަލްރިޔާދު
އެ ބައްދަލުވުމުގައި ސައުދީ ރަސްގެފާނު ވަނީ އިސްލާމް ދީނަކީ އަމާންކަމުގެ ދީން ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ މުސްލިމުންނަކީ އަޚުންނާއި އުޚުތުންކަމަށް ވެސް ރަސްގެފާނު ވިދާޅުވިއެވެ. އަދި ޓެރަރިޒާމާއި ދެކޮޅަށް ސައުދީން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މުސްލިމް ގައުމުތަކުން ހައްޖަށް ވަޑައިގެން އުޅުއްވާ އިސްބޭފުޅުންނާއި ސައުދީ ރަސްގެފާނު ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: އަލްރިޔާދު