25 Sep 2015, 12:32
އިއްޔެ އިރުއޮއްސުނުކަންކާއިރު ގެއްލުނު ދިވެހި ހައްޖުވެރިޔާ މިހާރު ފެނިފައިވާ ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.
ދިވެހި ހައްޖު މިޝަނުން ބުނީ މިއަދު ހެނދުނު 8:45 އެހާކަންހާއިރު އެ މީހާ ހައްޖުކޯޕަރޭޝަންގެ ޓެންޓާއި ހަވާލުކޮށްފައިވާ ކަަމަށެވެ.
ގެއްލުނު ހައްޖުވެރިއަކީ ލ. ގަމު، އުމުރުން 68 އަހަރުގެ އަހުމަދު ޒަކަރިއްޔާ އެވެ.
އެ ހައްޖުވެރިޔާ ގެއްލުނީ ކިހިނެއްވެގެން ކަމެއް އަދި ނޭނގެއެވެ.