އީދާ ގުޅުވައިގެން ބަކަރި ކަތިލަން ރަނގަޅު ހެޔޮވަރުގެ އެއްޗެއް ފެނޭތޯ ގިނަ ބަޔަކު އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބަކަރި މާރުކޭޓުތަކުގައި ވަނީ އިއްޔެ އަތްފުނާ އަޅާފައެވެ. ނަމަވެސް މިފަހަރު ހެޔޮޮވަރުގެ އެއްޗަކަށް ބެލުމުގެ އިތުރުން ބަކައްޓަށް ކިޔާ ނަމަށްވެސް ޑިމާންޑް ބޮޑެވެ. އެއީ އާދައިގެ ނަންތަކަކަށް ނުވާތީ އެވެ.

އުއްތަރު ޕްރަދޭޝްގެ ބަކަރި މާރުކޭޓް ތަކުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދުމަށް، ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސަލްމާން ޚާނާއި ޝާހުރުކްޚާން ގެ އިތުރުން މަޝްހޫރު ތަރިންގެ ނަމުން ބަކަރިތަކަށް ނަންދީ ވިއްކަން ޖަހާފައި ހުރެއެވެ.

އޭގެ ތެރޭގައި، އިންޑިއާގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާގެ ނަން ދީފައިވާ "ސާނިއާ" ބަކައްޓެއް ވެސް ހިމެނެ އެވެ.

އީދަށް ބަކައްޓެއް ކަތިލަން އޭގެން އެއްޗެއް އަގު ބަލާއިރު، މަޝްހޫރު ތަރިއެއްގެ ނަމެއް ކިޔާ ބަކައްޓެއްގެ އަގު އުޅެނީ 15،000 ރުޕީސް އާއި އެއް ލައްކަ ރުޕީސް އާދެމެދުގެ އަގެއްގައެވެ.

މަޝްހޫރު އެތައް ތަރިއެއްގެ ނަން ދީފައިވާ ބަކަރިތައް ވިއްކާ، ނެއްކާ ސިޓީގެ ސާޖިދު ބުނިގޮތުގައި، އޭނާގެ ބަކަރިތައް ގެންގުޅެނީ ވަރަށް ރައްކާތެރިކަމާ ލޯތްބާއެކު އެވެ. އެގޮތުން ބަކަރިތައް ހެޔޮވަރުވަރުގައި ބެހެއްޓުމަށް ސަނާމުގާއި ތޮޅިއާއި ތަރުކާރީ ފަތުގެ އިތުރުން އެލްމަންޑާއި މާމުއި ދޭކަމަށް އޭނާ ބުނެއެވެ.

މައުލޫމާތު: އެންޑީޓީވީ އިންޑިއާ