24 Sep 2015, 23:56
އިންޑޮނޭޝިއާގެ އެއްމެ އިރުމަތީ ފަރާތު ޕްރޮވިންސް، 6.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.
އެ ބިންހެލުން އައިސްފައި ވަނީ ޕަޕުއާ ޕްރޮވިންސްގެ ހުޅަގުން އޮންނަ ސޮރޮން ނަމަކަށް ކިޔާ ޓައުނެއްގެ 28 ކިލޯ މީޓަރު ދުރުން 24 ކިލޯ މީޓަރު ކަނޑުގެ އަޑިއަށެވެ.
އެ ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ.
އެ ބިންހެލުމުގެ ޚަބަރު ލިބުމުން ބިރުން މީހުން ގެތަކުން ނުކުމެ އެހެން ހިސާބަކަށްދާން މަސައްކަތް ކުރި ކަމަށެވެ. އެހެންނަަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.