ޤައުމީ ފުޑް އެންޑް ނިއުޓްރިޝަން ކައުންސިލެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ކައުންސިލް އުފެއްދަނީ ކާބޯތަކެއްޗާއި ނިއުޓްރިޝަނާ ގުޅޭ ދާއިރާތަކުން ކަނޑައަޅާ ސިޔާސަތުތަކާއި، ހިންގާ ޕްރޮގްރާމްތަކަކީ، އެ ދާއިރާތަކުގައި މަޝްވަރާ ކޮށް، ރާއްޖޭގެ ނިއުޓްރިޝަނާއި، ފުޑް ސެކިއުރިޓީގެ ޤައުމީ ލަނޑުދަނޑިތައް ހާސިލް ކުރަން މަގުފަހިކުރުމެވެ.

މި ކައުންސިލްގެ ޗެއާޕާސަނަކަށް ހުންނަވާނީ، ރައީސްލް ޖުމްހޫރިޔާގެ ނައިބު ކަމަށް ވެސް ވަޒީރުން ވަނީ ނިންމަވާފަ އެވެ. އަދި ކައުންސިލްގެ މެންބަރުންގެ ގޮތުގައި ތިއްބަވާނީ، ކަމާބެހޭ ދާއިރާތަކުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތައް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.