24 Sep 2015, 12:02
އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފީސް އިއްޔެ ފަޅާލައި ތަޅުދަނޑުފައްޗެއް ވަގަށް ނަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެ އޮފީހަށް ވަދެފައި ވަނީ އެ އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށާއި ތަޅުދަނޑިފަތީގެ އިތުރުން އެހެން އެއްޗެއް ނަގާފައިވޭތޯ އަދި ސާފުނުވާ ކަމަށެވެ.
އެ މައްސަލަ އިއްޔެ 2:45 ހާއިރު ފުލުހުންނަށް ރިޕޯޓްކުރުމުން އެކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.