ބުރިޖެޓް ޖޯންސުން އާންމުންގެ މަގުބޫލުކަން ހޯދި ތަރި ރިނީ ޒެލްވެގާ އާއި ހޭންގްއޯވާ ފިލްމުން މަޝްހޫރުވި ކޫޕާއާ ދެ މީހުން "ރުޅިވެއްޖެ" ކަމަށް ހަބަރުތައް ފެތުރިއްޖެ އެވެ.

ޕީޕަލް މެގެޒިން އިން ފުރަތަމަ ލިޔެފައިވާ މި ހަބަރު އަދި މި ދެ ތަރިންގެ ރެޕްސް ކަށަވަރެއް ނުކޮށްދެ އެވެ.

ރިނީ،41، އާއި ކޫޕާ،36، ދިމާވެފައި ވަނީ މި ދެ ތަރިން "ކޭސް 36" ފިލްމުގައި މަސައްކަތް ކުރި އިރު އެވެ. އޭގެ ފަހުން މި ދެ ތަރިން އެއްކޮށް ދިރިއުޅެން ފެށިކަމުގެ ހަބަރުތަކެއް ވެސް ފެތުރުނެވެ. އަދި މިދިޔަ ޖެނުއަރީ މަހު ބޭއްވި ގޯލްޑަން ގުލޯބްސްގެ ހަފުލާ، ފަހު ވަގުތު ރިނީ ކެންސަލްކޮށް، ކޫޕާގެ ބައްޕަ ނިޔާވުމުން، ކޫޕާ އާއިލާއާ އެކު އެ ދުވަސް ހޭދަކުރުމުން އެ ދެ މީހުންގެ "ގުޅުން" އިތުރަށް ކަށަވަރުވި އެވެ.

މީގެ ކުރިން ޖިމް ކޭރީއާ ވެސް ރައްޓެހިވެފައިވާ ރިނީ، ކޫޕާއާ ރުޅިވި ހަބަރު މިފެތުރުނީ އޮސްކާގެ ފަރާތުން ބޭއްވި ޕާޓީއަކަށް މި ދެ ތަރިން ގޮސް ވަކިން އުޅުމުންނެވެ. މި ހަފްތާގައި ރިނީ އެކަނި ރެސްޓޯރަންޓަކަށް ގޮސް އުޅެނިކޮށް ބަޔަކު ވަނީ ފޮޓޯތަކެއް ވެސް ނަގައިފަ އެވެ. އެހެންކަމުން އެ ދެ ތަރިންގެ ގުޅުންތައް ގޯސްވެފައިވާކަން ވަނީ ޔަގީނާ ގާތަށް ކަށަވަރުވެފަ އެވެ.---- ސީއެންއެން/ޕޕަލް