23 Sep 2015, 16:57
މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި އެވެ.
މިއަދު ހެނދުނު 10 އަކުން މާދަމާ ހެނދުނު 10 އަކަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއިހުޅަގާއި ހުޅަގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާ 18 މޭލު ދެމެދުގެ ބާރުމިނުގައިއަދި އެހެންހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައިވައިޖެހޭނެކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ވިލާގަޑުގައި ގަޑިއަކު 40މޭލު ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
"ރާއްޖޭގެެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ. މިވިއްސާރައިގައި ޚާއްސަކޮށް ކަނޑުދަތުރު ކުރައްްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާކަމެއް،." މެޓް އޮފީހުން ބުންޏެވެ.
މިދުވަސްވަރަކީ އީދުބަންދަށް ގިނަބަޔަކު ރަށްރަށަށް ފުރާ ދުވަސްވަރަކަށް ވާތީ މޫސުމަށް ސަމާލުވެ ދަތުރުކުރުމަށް ފުލުހުންނާއި ސިފައިންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.