މި ފަސް އަހަރު ނިމެންވާއިރަށް ނ. އަތޮޅު ހުރިހާ ރަށެއްގައި ފުޓްސެލް ދަނޑުތައް އަޅައި ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލް ޣަފޫރު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނ. މާފަރުގައި އެއާޕޯޓެއް ހެދުމުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ނ. ޅޮއްސަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. އެރަށަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހާބާއެއް ދަންނަވާފައެވެ.

ރައީސް އޮފީހުން ބުނީ، ނައިބު ރައީސްގެ މި ދަތުރުފުޅުގައި ނ. އަތޮޅު ވެލިދުއަށް ވެސް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން ހއ. ކެލާގައި އަޟުހާ އީދު ފާހަގަކުރުމުގެ ގޮތުން ބާއްވާ އީދު ކުޅިވަރުތައް ނައިބު ރައީސް ބައްލަވައިލައްވަވާނެއެވެ.