ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލްޣަފޫރު ނ. ޅޮއްސަށް ވަޑައިގެންފިއެވެ.

އެ ރަށަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހާބާއެއް ދަންނަވާފައެވެ. އެ ރަށަށް ވަޑައިގެން ނައިބު ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

ނައިބު ރައީސް ދެން ވަޑައިގަންނަވާނީ ނ. މާފަރަށެވެ. އެ ރަށަށް ވަޑައިގެން އެރަށުގެ ހަދާ އެއާޕޯޓްގެ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވާނެއެވެ. މީގެ އިތުރުން އެ އަތޮޅު ވެލިދުއަށް ވެސް ވަޑައިގަންނަވަނަ ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ހއ. ކެލާގައި އަޟުހާ އީދު ފާހަގަކުރުމުގެ ގޮތުން ބާއްވާ އީދު ކުޅިވަރު ނައިބު ރައީސް ބައްލަވާލައްވާނެއެވެ.