އަޟުހާ އީދުގެ މުނާސަބަތުގައި މިއަދު ފެށިގެން ކުރިއަށް އޮތް ތިން ދުވަހު 'މައި އުރީދޫ' އެޕް ބޭނުންކޮށްގެން ރާސްޓަސް ކުރާ ފަރާތްތަކަށާއި ޑާޓާ ޕެކޭޖްތަައް ނަގާ ފަރާތްތަކަށް ބޯނަސް ލިބޭނެ ކަމަށް އުރީދޫ އިން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިއަދާއި އަޟުހާ އީދުގެ ފުރަތަމަ ތިން ދުވަހު 'މައިއުރީދޫ' އެޕް ބޭނުންކޮށްގެން ޑާޓާ ޕެކޭޖް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް 50 ޕަސެންޓް ބޯނަސް ޑާޓާ ލިބޭނެ ކަމަށެވެ.

އަދި 'މައިއުރީދޫ' އެޕް ބޭނުންކޮށްގެން ކުރާ ކޮންމެ ރާސްޓަސް އަކަށް 35 ޕަސެންޓް ބޯނަސް ކްރިޑިޓް ލިބޭނެ ކަމަށް ވެސް އުރީދޫ އިން ބުނެއެވެ.

މީގެ އިތުރުން މިމަހުގެ ނިޔަލަށް ގަންނަ ކޮންމެ ފޯޖީ މޮޑެމް އަކާއި އެކު ދެ ޖީބީގެ ޑާޓާ ހިލޭ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫއިން ވަނީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް އީދުގެ ތަހުނިޔާ ފޮނުވާފައެވެ.