ބޮލީވުޑްގެ ސުޕަސްޓާރ ޝާހުރުކް ޚާން އާއެކު މަސައްކަތްކުރުމަކީ ދަސްކުރަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމުގައި ޝާހު އާއެކު ފެނިގެންދާނެ ތަރި، އާލިއާ ބަޓް ބުނެފި އެވެ.

ކަރަން ދެން އެންމެ އަވަހަށް ޕްރޮޑިއުސްކުރާ ފިލްމު ޑައިރެކްޓްކުރާނީ 2012 ވަނަ އަހަރު ނެރުނު ކޮމެޑީ ޑްރާމާ ފިލްމު، "އިންގްލިޝް ވިންގްލިޝް" އިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޑައިރެކްޓަރު، ގޯރީ ޝިންދީ އެވެ.

އާލިއާ ބަޓް ބުނިގޮތުގައި، "އޮމް ޝާންތި އޮމް" ގެ ތަރިއާއެކު ފިލްމެއް ކުޅެލަން ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި ޝާހުއަށް ތައުރީފުކޮށް އާލިއާ ބުނެފައިވަނީ ޝާހުގެ ފަރާތުން އެތައް ކަމެއް ދަސްވެގެންދާނެ ކަމަށެވެ.

"އަހަރެން ވަރަށް އުފާވޭ ޝާހުއާއެކު މަސައްކަތްކުރަންޖެހޭތީ. ޝާހުއަކީ އެންމެ ބޮޑު ސުޕަސްޓާރު. އެއީ ހުވަފެނެއް ހަގީގަތަކަށް ވުންކަހަލަ ހިނދުކޮޅެއް. މިއީ ދަސްކުރަން ލިބޭނެ ރަނގަޅު ފުރުސަތެއް." އާލިއާ ބުނެފައިވެ އެވެ.

ޝާހު އެންމެ ފަހުން ފެނިގެންދާނެ ފިލްމު، "ދިލްވާލޭ" ގެ ޝޫޓިންގައި ޝާހު ބުރަކޮށް އުޅޭއިރު، 2012 ވަނަ އަހަރު ނެރުނު ފިލްމު، "ސްޓޫޑަންޓް އޮފް ދަ އިޔާ" ގެ ތަރި އާލިއާ ވަނީ ގައުރީ ޚާންގެ ފިލްމެއްގެ ޝޫޓިން ފަށާފައެވެ.