އައްޑޫ ސިޓީގައި ދެ އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް އަނިޔާވެއްޖެ އެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިރޭ އައްޑޫ ސިޓީގައި ފުރަތަމަ އެކްސިޑެންޓް ހިނގާފައި ވަނީ މަރަދޫގައި ކަމަށެވެ.

މަރަދޫ އޯކިޑު މަގުގައި މިރޭ 7:25ގައި ހިނގި އެކްސިޑެންޓުގައި ދެ ސައިކަލެއް ޖެހި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެ ތިން މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ތިން މީހުންނަށް އެހާ ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ދެ ވަނަ އެކްސިޑެންޓް ހިނގާފައި ހިތަދޫގަ އެވެ.

ނުވައެއް ޖެހިފަހުން އެ އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫ ލިންކް ރޯޑު "ރޯޔަލް ޕެލަސް" ކައިރީގަ އެވެ. ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އެ އެކްސިޑެންޓް އަނިޔާވި މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެ އެވެ.