22 Sep 2015, 18:43
ޕްރެޒިޑެންޓްކަޕްގެ އައްޑޫ ސިޓީގެ ގުރޫޕް 'ބީ' ގައި ވިކްޓރީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔަބު ހޯދައި ތިން ޕޮއިންޓާއެކު ޕްރެޒިޑެންޓް ކަޕް ނިންމާލައިފިއެވެ.
މިއަދުގެ މެޗަށް ނިކުތް އިރުވެސް މުބާރާތުން ކަޓާފައިވާ މި ދެޓީމްގެ ފަރާތުން މިއަދު ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިފައެވެ.
އައްޑޫ ސިޓީގެ ހިތަދޫ ޒޯން ހަތެއްގެ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ވެލެންސިއާގެ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަޙްމަދު ނިޝާންއެވެ.
މުޅި މެޗްގައިވެސް ދެތީމުގެ ފަރާތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނުނު ނަމަވެސް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
ވެލެންސިއާއިން ތިން ޕޮއިންޓާއެކު ގުރޫޕްގެ ތިން ވަނައިގައި މުބާރާތް ނިންމަލިއިރު ޕްރެޒިޑެންޓް ކަޕް އެންމެ ގިނަ ފަހަރު ހޯދާފައިވާ ވިކްޓްރީއިން މުބާރާތް ނިންމަލީ ޕޮއިންޓަކާއެކު ގުރޫޕް ފުލުގައި އޮވެގެންނެވެ.