22 Sep 2015, 14:39
މަތިންދާ ބޯޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް އދ. ވިލަމަންދު އަށް ލައްގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މަތިންދާ ބޯޓެއްގެ ބައެއް ކަމަށް ބެލޭ އެއްޗެއް ވިލަމަންދުއަށް ލައްގާފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން އެކަން ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ބޯޓެއްގެ ބައެއް ކަމަށް ބެލެވޭ އެ ބައި، މިއަދު ހެނދުނުގެ ވަގުތެއްގައި އެރިސޯޓަށް ލައްގާފައިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ އަތޮޅު މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ވަނީ އެ ރިސޯޓަށް ގޮސް އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.