22 Mar 2011, 13:28
ބްރޯޑްކާސްޓިން ކޮމިޝަނަށް ހަތް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ހަތް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ދިވެހި ރާއްޖޭގެ އަޑުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވި، ބަދުރުއް ނަސީރާއި ކުރީގެ ޓީވީއެމްގެ ކޯޕަރޭޓް އެފެއާޒް ހެޑްގެ މަގާމު އަދާކުރެއްވި އާއިޝަތު ހަނާ އާއި ހަވީރު ނޫހުގެ ކުރީގެ އެސޯސިއޭޓް އެޑިޓަރު އަދި ސަންއެފްއެމްގެ ސީއޯއޯގެ މަގާމު އަދާކުރެއްވި މުހައްމަދު ޝަހީބާއި ކުރީގެ ޓީވީއެމްގެ ޕްރޮޑިއުސަރު މަރިޔަމް ޝައުގީ އާއި ކުރީގެ ދިވެހި ރާއްޖޭގެ އަޑާއި ސަންއެފްއެމްގެ ޑިރެކްޓާ ޖެނެރަލް އޮފް ޕްރޮގްރާމްސްގެ މަގާމު އަދާކުރެއްވި މުއުމިނާ އާދަމުގެ އިތުރުން އިބްރާހިމް އަޝްރަފާއި ފިލްމް ޑައިރެކްޓަރު އަބުދުﷲ ޝުޖާއެވެ.
ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި 75 މެންބަރުންގެ ތެރެއިން ބަދުރުއް ނަސީރު މއ. ވިލުވެލިއަށް 74 މެންބަރުން ވޯޓު ދެއްވި އެވެ. ހ. ރަންކޮކާ އާއިޝަތު ހަނާ އަށް ވޯޓު ދެއްވީ 41 މެންބަރުންނެވެ. އަދި ހ. ރީތިގަސްދޮށުގޭ މުހައްމަދު ޝަހީބަށް ވޯޓު ދެއްވީ 74 މެންބަރުންނެވެ. މ. ލައިޓްކޯނަރު މަރިޔަމް ޝައުގީއަށް އަށް ވޯޓު ދެއްވީ 72 މެންބަރުންނެވެ. ގ. ހާފްސީ މުއުމިނާ އާދަމަށް ވޯޓުދެއްވީ 61 މެންބަރުންނެވެ. އަދި މ. މަތިވެރި އިބްރާހިމް އަޝްރަފަށް 68 މެންބަރުން ވޯޓު ދެއްވި އިރު، މ.ނޫވިލު އަބުދުﷲ ސުޖާއަށް 39 މެންބަރުން ވޯޓު ދެއްވި އެވެ.
ކޮމިޝަނުގެ މެންބަރުކަމަށް ޝަރުތު ހަމަވާކަމަށް 31 މެންބަރުންގެނަން އިގްތިސާދީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ އިރު އޭގެތެރެއިން ވިހި ނަމަކަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހަންޖެހުނެވެ.
---
ވ. އައްސޭރި ހުސައިން އާދިލް ބޯޑްގައި ހުންނެވުމަށް ފާހެއް ނުވި އެވެ. އޭނާ އަށް ލިބުނީ 23، ނުފެންނަ 46 އެވެ.
މޫމިނާ އާދަމް ބޯޑްގައި އިންނެވުމަށް ފާސްކޮށްފި އެވެ. އޭނާ އަށް ލިބުނީ 61 ވޯޓެވެ. ނުފެންނަ 12 ވޯޓެވެ.
14:18 ތޮއްޑޫ މެންބަރު އަލީ ވަހީދު ނުކުންނަވަންދެން ޖަލްސާ މެދުކަނޑާލައިފި އެވެ. އަލީ ވަހީދު މަޖިލީހުގެ ތަޅުމުގައި ނިޒާމީ ނުކުތާ ނަންގަވައި އަޑުއުފުއްލެވީ ސިސްޓަމްގައި މައްސަލަ ހުރި ކަމަށް ވިދާޅުވެ އެވެ. ނަމަވެސް ރިއާސަތުން ވިދާޅުވީ ސިސްޓަމްގައި މައްސަލައެއް ނެތް ކަމަށެވެ.
ތޮއްޑޫ މެންބަރު އަލީ ވަހީދުގެ ނަން އިއްވައިފި އެވެ.
އަހްމަދު ޒާހިރު [ފެއަރީ ޒާހިރު] ހ. ސަންދަލީބުގެ ބޯޑްގައި ހިމެނުމަށް ފާހެއްނުވި އެވެ. އޭނާ އަށް ލިބުނީ 22 ވޯޓެވެ. ނުފެންނަ ކަމަށް 46 އެވެ.
އަބްދުލްމުއީދު ހަސަން ބޯޑްގައި ހިމެނުމަށް ފާހެއް ނުވި އެވެ. އޭނާ އަށް ލިބުނީ 19 ވޯޓެވެ. ނޫން ކަމަށް 46 އެވެ.
އައިޝަތު ފަސާހާ ބޯޑްގައި ހިމެނުމަށް ފާހެއް ނުވި އެވެ. އޭނާ އަށް ލިބުނީ 31 ވޯޓެވެ، ނޫން ކަމަށް 34 އެވެ.
އަހުމަދު އުމަރު ބޯޑްގައި ހިމެނުމަށް ފާހެއްނުވި އެވެ. އޭނާ އަށް ލިބުނީ 31 ވޯޓެވެ، ނޫން ކަމަށް 36 އެވެ.
ހ. ނޫތަރި ނޫރާ އަލީ ބޯޑްގައި ހިމެނުމަށް ފާހެއްނުވި އެވެ. އޭނާ އަށް 28 އާ ބަސް ބުނި އިރު ނޫން ކަމަށް 42 ވޯޓް ލިބިފައިވެ އެވެ.
މއ. ލައިޓްކޯނާ މަރިޔަމް ޝައުގީ ބޯޑުގައި ހިމެނުމަށް ފާސްކޮށްފި އެެވެ. އޭނާ އަށް ލިބުނީ 72 ވޯޓެވެ.
13:56ހ. ރިތިގަސްދޮށުގޭ މުހައްމަދު ޝަހީބުގެ ނަން ފާސްކޮށްފި އެވެ. އޭނާ އަށް ލިބުނީ 74 ވޯޓެވެ.
13:55 ހ. ރަންކޮކާ އައިޝަތު ހަނާ ހުންނެވުމަށް ފާސްކޮށްފި އެވެ،. އޭނާ އަށް ލިބުނީ 41 ވޯޓެވެ.
ތުނަ ލުޖައިން އިސްމާއީލު ޝަފީގު ބޯޑްގައި ހުންނެވުމަށް ފާހެއް ނުވި އެވެ.
ބަދުރުއް ނަސީރު ބޯޑުގައި ހުންނެވުމަށް ތާއިދުކޮށްފި އެވެ. އޭނާ އަށް ލިބުނީ 74 ވޯޓެވެ. ނަނަމނ