ހައްޖު މޫސުމުގައި ސައުދީ އެރެބިޔާގެ މައްކާގައި ބަހަން އުޅުނު ކީރިތި ގްރުއާންގެ 70،000 "ފޭކް" ކޮޕީ ހިފައްޓައިފި އެވެ.

ސައުދީ އެރެބިޔާގެ ރަސްމީ ފަރާތްތަކާ ހަވާލީ ސައުދީ ގެޒެޓުން މިއަދު ބުނީ އެ ނަގުލީ ނޫނީ "ފޭކް" ކޮޕީތައް ހިފެހެއްޓީ ވެހިކަލަކަށް އަރުވައިގެން ގެންދަނިކޮށް ކަމަށެވެ.

އެ ޓްރަކް ހިފެހެއްޓީ، މައްކާގެ ގޭޓްވޭއަކުން ވަންނަނިކޮށް، އަލް ޖަމޫމް ވިލެޖުން ކަމަށް ވެސް ސައުދީ ގެޒެޓުން ބުންޏެވެ. ނަމަވެސް އެ "ފޭކް" ކޮޕީތައް ފަތުރަން އުޅުނީ ކޮން ގައުމެއްގެ ބައެއް ކަމެއް ސައުދީގެ ރަސްމީ ފަރާތްތަކަކުން ނުބުނެ އެވެ.