22 Sep 2015, 09:13
އައިލެންޑް އޭވިއޭޝަންގެ އޮފީސް ފަޅާލައި އެތަނުގައިވާ ތިޖޫރީތަކަކުން 500000 (ފަސް ލައްކަ) އަށް ވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފި އެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކުރީ ރޭ ފަތިހު 5.30 އެހާކަންހާއިރު ކަމަށެވެ. އަދި އެ އޮފީސް ފަޅައިލި ބަޔަކު އެކަން ކޮށްފައި ވަނީ އެތަން ބަލަހައްޓަން ހުރި ސެކިއުރިޓީ ގާޑް ބަނުމަށް ފަހު ކަމަށެވެ.
"... އެތަނުގައި ހުރި ތިން ތިޖޫރީއެއް ހަލާކުކޮށްލައިގެން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ގެންގޮސްފައި. އެތަނުގައި ހުރި ސެކިއުރިޓީ ގާޑް ބަނުމަށް ފަހު އެކަން ކޮށްފައި ވަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހާދިސާ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.