22 Sep 2015, 21:29
ފިލްމު "ކައްޓީ ބައްޓީ"ގައި ދައްކާފައިވާ އެކްޓަށް ލިބެމުންދާ ތަރުހީބާ މެދު ހިތްހަމަޖެހޭ ކަމަށް އެ ފިލްމުގެ ބަތަލާ އިމްރާން ޚާން ބުނެފި އެވެ.
ނިކިލް އަދުވާނީ ޑައިރެކްޓްކޮށްފައިވާ، އިމްރާންޚާނާއި ކަންގަނާ ރަނާވަތު ލީޑް ރޯލުން ފެނިގެންދާ އެ ފިލްމަކީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އިމްރާން ކުޅުނު ފުރަތަމަ ފިލްމެވެ.
"އަހަރެން ވަރަށް ހިތްހަމަޖެހޭ. ފިލްމަށް ލިބެމުންދާ ތަރުހީބު ވަނީ މިދިޔަ ހުކުރު ދުވަހުން ފަށައިގެން ވަރުގަދަވެފައި. އަހަރެން ތެދަށްބުނާނަމަ، މިހާތަނަށް ފިލްމީ ދާއިރާގައި ކުރެވިފައިވާ މަސައްކަތަށް މިވަރުގެ ތަރުހީބެއް ލިބިފައެއް ނެތް. މިއީ އަސްލު ވަރަށް ބޮޑު އެއްޗެއް،" އިމްރާން ބުނެފައިވެ އެވެ.
ޓްރޭޑް މައުލޫމާތުތައް ބުނާ ގޮތުން، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އިންޑިއަން ރޮމޭންޓިކް ކޮމެޑީ ފިލްމަށް މިދިޔަ ހަފްތާ ބަންދުގައި ވަނީ 16.27 ކުރޯޑް ރުޕީސް ލިބިފަ އެވެ.