ރާއްޖޭގެ ޒުވާން އުމުރުފުރައިގެ ގައުމީ ޓީމުތަކުގެގެ ކަންކަންވެސް ކުރިއަށް ދާނީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗް ކަމާ އަލަށް ހަވާލުވި ނިއުޒިލެންޑްރިކީ ހާބަޓްގެ ބެލުމުގެ ދަށުން ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ ޒުވާން އުމުރުފުރާތަކުގެ ގައުމީ ޓީމުގެ ބައެއް ކަންކަމަށް އެފްއޭއެމުން ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށާއި އެގޮތުން 14 އަހަރުން ދަށުގެ ގައުމީ ޓީމުން ފެށިގެން އުމުރުފުރާ ތަކުގެ ގައުމީ ޓީމްގެ ކަންކަން ހާބާޓްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ބާއްސާމް ވިދާޅުވީ ކޯޗުގެ ބެލުމުގެ ދަށުން ޒުވާން ގައުމީ ޓީމުތަކުގެ ކަންކަން ކުރިއަށް ގެންދިޔަސް އެއިން އެއްވެސް ޓީމެއްގެ ކޯޗަކަށް ހާބަޓް ނުހުންނާނެ ކަމަށާއި ނަމަވެސް ޓީމުތަކުގެ ކަންކަން ކުރިއަށް ދާނީ ހަބާޓްގެ ރޭވުންތެރިކަމުގެ ދަށުން ކަމަށެވެ.

"އަންޑަ 14 އިން ފެށިގެން ބޮޑު ޓީމާއި ހަމަޔަށް ހުރިހާ ބެލެމުންދާނީ ކޯޗްގެ އިރުޝާދުގެ ދަށުން. އެހެން ނަމަވެސް ކޯޗް ފިޒިކަލީ އެއިން އެއްވެސް ޓީމެއްގެ ކޯޗަކަށް ނުހުންނާނެ. އެހެން ނަމަވެސް ކޯޗްގެ ފިލޯސަފީގެ ދަށުން ކޯޗްގެ ރޭވުންތެރިކަމުގެ ދަށުން ކުރިއަށްގެންދާނީ" ބައްސާމް ވިދާޅުވި އެވެ.

ދެ އަހަރު ދުވަހަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗް ކަމާ ހަވާލުވި ރީކީ ހާބަޓްގެ އިރުޝާދުގެ ދަށުން ކުރިއަށް ދާނީ 14 އަހަރުން ދަށުގެ ޓީމާއި 16 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމެވެ.

އެފްއޭއެމުން އަމަލީ ގޮތުން ހަބަޓްއާ ހަވާލުކޮށްފައި ވަނީ 23 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމެވެ.

ހާބަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމް ކުޅޭ ފުރަތަމަ މެޗްގައި އަންނަ މަހު އަށް ވަނަ ދުވަހު ނުކުންނާނީ ބުޓާނާ ދެކޮޅަށެވެ. އެ މެޗް ކުޅޭނީ ބޫޓާއާ ދެކޮޅަށެވެ.