އދ. އޮމަދޫގައި ދެ ސައިކަލް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

އޮމަދޫ ކައުންސިލްގެ ރައީސް ޙަސަން ނަޖުމީ ސަން އަށް ވިދާޅުވީ އެރަށުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވީ ތިން ޒުވާނަކަށް ކަމަށާއި އެ ތިން މީހުން މާލެއަށް ގެންދިއުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަމެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޮމަދޫގައި ހިނގި އެކްސިޑެންޓްގައި ގެއްލުން ވެފަައިވާ ސައިކަލެއް-- ފޮޓޯ/ އިބްރާހިމް އަޖުވަދު

ސަންއަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓްވީ ދެ ސައިކަލް ވެސް ވަރަށް ބާރަށް ދުއްވާފައި ދަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮމަދޫގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ހަވީރު 4.30 އެހާ އިރު ލިބިފައިވާ ކަމަށެވެ. އަދި އެހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެރަށަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.