ޖުމްލަ 12 އެވޯޑަކާ އެކު 67 ވަނަ ޕްރައިމްޓައިމް އެމީ އެވޯޑްސްގެ ގިނަ ކާމިޔާބީތައް އެޗްބީއޯގެ "ދަ ގޭމް އޮފް ތްރޯންސް" އަށް ގިނަ ކާމިޔާބީތަކެއް ލިބި ރެކޯޑުތައް މުގުރާލައިފި އެވެ.

ދެބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ އެވޯޑު ހަފްލާ ކުރިއަށް ދިޔައީ ޕްރައިމް ޓައިމް އެވޯޑްސް އާއި ކްރިއޭޓިވް އާޓްސް އެމީ ބައިންނެވެ.

ޓެލެވިޜަން އިންޑަސްޓްރީ ނުވަތަ ކުޑަ ސްކްރީނުގައި ދައްކާ ޝޯތަކުގެ އަގުވަޒަން ކުރުމަށް ބާއްވާ އެންމެ ބޮޑު އެވޯޑު ހަފްލާގައި ރޭގައި ޕްރައިމްޓައިމް އެވޯޑުން ގޭމް އޮފް ތްރޯންސް އަށް ވަނީ ހަތަރު ދާއިރާއަކުން އެވޯޑު ލިބިފަ އެވެ. އެގޮތުން ބެސްޓް ޑްރާމާ ސްރީޒް އަކަށް ވަނީ ގޭމް އޮފް ތްރޯންސް ހޮވިފަ އެވެ.

އޭގެ އިތުރުން ގޭމް އޮފް ތްރޯންސްގައި "ޓިރިއަން ލެނިސްޓާ"ގެ ރޯލު ކުޅޭ ޕީޓާ ޑިންކްލޭޖްއަށް ވަނީ އައުޓްސްޓޭންޑިން ސަޕޯޓިން އެކްޓަރުގެ އެވޯޑް ލިބިފަ އެވެ. ހަމައެއާ އެކު އައުޓްސްޓޭންޑިން ޑައިރެކްޝަން އާއި ރައިޓިން ގެ އެވޯޑު ވެސް ލިބިފައި ވަނީ ގޭމް އޮފް ތްރޯންސް ތައްޔާރު ކުރި ފަރާތްތަކަށެވެ.

ދެވަނަ ބައި ކަމަށްވާ ކްރިއޭޓިވް އާޓްސް އެމީ އިން ގޭމް އޮފް ތްރޯންސް އަށް ވަނީ އަށް އެވޯޑު ލިބިފަ އެވެ. އެ އެވޯޑަކީ ޕްރައިމްޓައިމް އެވޯޑުގެ ކުރިން ދެވޭ އެވޯޑެކެވެ. ކްރިއޭޓިވް އާޓްސް އެވޯޑަކީ އެމެރިކާ ޓެލެވިޜަން ޕްރޮގްރާމިންގެ ޓެކްނިކަލް އަދި އެފަދަ އެހެން ކަންތައްތަކުގެ ދާއިރާއިން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް ދެވޭ އެވޯޑެކެވެ.

މިހާތަނަށް އެއް ޝޯއަކުން އެހާ ގިނަ އަދަދަކަށް އެމީ ހޯދާފައި ވަނީ 2000 ވަނަ އަހަރުގަ އެވެ. އެންބީސީ އިން ދެއްކި ޕޮލިޓިކަލް ޑްރާމާ ސީރީޒް އެއް ކަމަށްވާ "ދަ ވެސްޓް ވިންގް" އަށް އެ އަހަރު ވަނީ ނުވަ އެވޯޑު ލިބިފަ އެވެ.

އިތުރު މޮޅުތައް:

އައުޓްސްޓޭންޑިން ކޮމެޑީ ސީރީޒް: އެޗްބީއޯގެ "ވީޕް"

އައުޓްސްޓޭންޑިން ލީޑް އެކްޓާ (ޑްރާމާ ސީރީޒް): "މޭޑް މޭން"ގެ ޖޯން ހެމް

އައުޓްސްޓޭންޑިން ލީޑް އެކްޓްރެސް (ޑްރާމާ ސީރީޒް): "ހައު ޓު ގެޓް އަވޭ ވިތު މާޑާ"ގެ ވަޔަލާ ޑޭވިސް

އައުޓްސްޓޭންޑިން ލީޑް އެކްޓާ (ކޮމެޑީ ސީރީޒް): "ޓްރާންސްޕޭރެން"ގެ ޖެފްރީ ޓެމްބޯ

އައުޓްސްޓޭންޑިން ލީޑް އެކްޓްރެސް (ކޮމެޑީ ސީރީޒް): "ވީޕް"ގެ ޖޫލިއާ ލުއިސް-ޑްރޭފަސް

އައުޓްސްޓޭންޑިން ސަޕޯޓިން އެކްޓްރެސް (ޑްރާމާ ސީރީޒް): "އޮރެންޖް އިސް ދަ ނިއު ބްލެކް"ގެ އުޒޯ އަޑޫބާ

އައުޓްސްޓޭންޑިން ސަޕޯޓިން އެކްޓާ (ކޮމެޑީ ސީރީޒް): "ވީޕް"ގެ ޓޯނީ ހޭލް

އައުޓްސްޓޭންޑިން ސަޕޯޓިން އެކްޓްރެސް (ކޮމެޑީ ސީރީޒް): "މޯމް"ގެ އެލިސަން ޖެނޭ

އައުޓްސްޓޭންޑިން މިނި ސީރީޒް: އެޗްބީއޯގެ "އޮލިވް ކިޓްރިޖް"

އައުޓްސްޓޭންޑިން ޓެލެވިޜަން ފިލްމް: އެޗްބީއޯގެ "ބެސީ"