"އިންފެކްޓް ވެފައި" ހުރި ސޮފްޓްވެއާ ޓޫލްސްތަކެއް ބޭނުންކޮށްގެން އެޕަލްގެ އެޕްސްޓޯގައި ފެތުރި "މާލްވެއާ" އެޕަލް ކުންފުނިން ފުހެލައިފި އެވެ.

އެޕަލް އިން މިއަދު އެ މާލްވެއާ އެޕްސްޓޯ އިން ފޮހެލާފައިވާ އިރު އޭގެ ސަބަބުން އެޕްސްޓޯގައި ހުންނަ ވެރިފައިކޮށްފައިވާ އެޕްލިކޭޝަންތައް ނުވަތަ މަގުބޫލު އެޕްލިކޭޝަންތަކުން މައުލޫމާތު އެއް ކުރެވެ އެވެ. އެ މާލްވެއާގެ ސަބަބުން ފޯނުގައި ހުންނަ ޑޭޓާތައް ހެކް ކުރާ މީހުންނަށް ފަސޭހައިން ނަގާލެވޭނެ އެވެ.

ހެކް ކުރި ފަރާތްތަކުން ވަނީ ޑިވެލޮޕަރުންނަށް އޮޅުވާލައިގެން އެމީހުންނަށް ނޭނގި އެޕަލްގެ އެކްސްކޯޑް އެޕް-ޑިވެލޮޕްމެންޓް ޓޫލް އެއް ބޭނުންކޮށްފަ އެވެ. އެކްސްކޯޑްގެ ގޯސް ޓޫލްސް ނުވަތަ އެކްސްކޯޑްގޯސްޓް އަކީ ވަރަށް ނުރައްކާތެރި މާލްވެއާއެކެވެ.

ރޮއިޓާސް އިން ބުނާ ގޮތުގައި ގިނައިން އަސަރުކޮށްފައިވާ އެޕްލިކޭޝަންތަކަކީ ޗައިނީސް މާކެޓުތަކަށް އަމާޒުކޮށްފައިވާ އެޕްލިކޭޝަން ނުވަތަ ޗައިނާގައި މަގުބޫލު އެޕްލިކޭޝަންތަކެއް ކަމަށެވެ. އެގޮތުން އޭގެތެރޭގައި ވީޗެޓް އާއި ވަޓްސްއެޕް ފަދަ އެޕްލިކޭޝަން އަށް "އެކްސްކޯޑްގޯސްޓް"ގެ އަސަރު ވަނީ ކޮށްފަ އެވެ.

އިންފެކްޓް ވެފައިވާ އެޕްލިކޭޝަންތަކުގެ އަދަދެއް އެޕަލް އިން ބުނެފައި ނުވި ނަމަވެސް އޭގެ އަދަދު ވަނީ ޗައިނާގެ ސެކިއުރިޓީ ފާމް އިން ހާމަކޮށްފަ އެވެ. އެ ފާމް އިން ބުނެފައި ވަނީ 344 އެޕްލިކޭޝަނަކަށް އެ މާލްވެއާ ފެތުރުން ކަމަށެވެ.

އެޕަލްގެ އެކްސްކޯޑް ހެކް ކުރުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު ވެއްޓުމެކެވެ. އެޕަލް އިން އެ ކުންފުނި ޕްރޮމޯޓު ކުރަމުން ދަނީ އެންމެ ވަރުގަދަ ސެކިއުރިޓީ އޮންނަ އެޕްސްޓޯގެ ގޮތުގަ އެވެ. އެޕަލްގެ އެޕްސްޓޯ އެހާ ބޮޑަށް ހެކް ކޮށްލެވުނު މިއީ ފުރަތަމަ ފަހަރެވެ.