22 Mar 2011, 11:29
ޤައުމީ އިދާރާގެ ތިން ސަރަޙައްދަކަށް ތިން ސްޓޭޓް މިނިސްޓަރަކު ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުރައްވައިފި އެވެ.
މިގޮތުން އައްޔަން ކުރެއްވި ތިން ބޭފުޅުންނަކީ، މިނިސްޓަރު އޮފް ސްޓޭޓް، މަތިއުތުރު ސަރަހައްދުގެ ޤައުމީ އިދާރާ ކަމަށް މާލެ ވިލިނގިލި ރަންދި މުހައްމަދު ހުނައިފާއި މިނިސްޓަރު އޮފް ސްޓޭޓް، މެދުއުތުރު ސަރަހައްދުގެ ޤައުމީ އިދާރާ ކަމަށް ގަލޮޅު ހިލިހިލާގޭ ހުސައިން އިރުފާން ޒަކީ އާއި، މިނިސްޓަރު އޮފް ސްޓޭޓް، މެދުދެކުނު ސަރަހައްދުގެ ޤައުމީ އިދާރާ ކަމަށް މާފަންނު ސީވޯލް އަހްމަދު މުޖުތަބާ އެވެ.