ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި، ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުންނަ މަޝްހޫރު އައިފަލް ޓަވަރު ގަޑިތަކަށް އިއްޔެ ބަންދު ކުރުމަށް ފަހު، އަލުން މިއަދު ހުޅުވައިފި އެވެ.

ޕެރިހުގައި ހުންނަ ލޭންޑް މާކް، އައިފަލް ޓަވަރު އިއްޔެ ބަންދު ކުރީ ބެކްޕެކް އަޅައިގެން ތިބި ތިން މީހަކު ޓަވަރަށް އަރަން އުޅުނު ތަން ފެނުމާ ގުޅިގެންނެވެ.

އެ ހާދިސާއާ ގުޅިގެން، ޝައްކު ފިލުވުމަށް ހެލިކޮޕްޓަރު ފޮނުވައިގެން މުޅި ޓަވަރު ބެލި ކަމަށް މީޑިއާ ރިޕޯޓްތައް ބުންޏެވެ. އަދި އަލިފާން ނިއްވާ މީހުން ވެސް މުޅި ޓަވަރު ބެލި އެވެ. ނަމަވެސް އެ މީހުންގެ ހިލަމެއް ނުވި ކަމަށް ފަޔާ ޑިޕާޓްމަންޓްގެ ތަރުޖަމާނު ބުންޏެވެ.

އައިފަލް ޓަވަރު ކައިރީ ހުރި ފުލުހުންގެ މީހަކު އޭއެފްޕީ އަށް ބުނީ އެއީ މަތީން ވައިކުޑާގައި ފުންމާލުމަށް މަސައްކަތް ކުރި ބަޔަކަށް ވެދާނެ ކަމަށެވެ.

ްަޓަވަރުގެ އުސްމިނުގައި 324 މީޓަރު ހުރެ އެވެ.

އައިފަލް ޓަވަރު ބެލުމަށް އަހަރަކު ހަތް މިލިއަން މީހުން ޒިޔާރަތް ކުރެ އެވެ. އޭގެ ތެރެއިން ކޮންމެ 10 މީހަކުން ނުވަ މީހަކީ ބިދޭސީންނެވެ.