21 Sep 2015, 09:14
ޅ. ކަނިފުށި ރިސޯޓުގެ ބޭރު ފަޅުތެރޭގައި އަޅާފައި އޮތް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނަކަށް ލޮނު އަރައި ރޭ ފަތިހު އަޑިއަށް ހިނގައްޖެ އެވެ.
އެ ބޯޓު އަޑިއަށްދިޔައިރު އޭގައި އެއްވެސް މީހަަކު ނެތެވެ. އެ ބޯޓު އަޑިއަށްގޮސްފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
އެ ބޯޓު އަޑިއަށް ދިޔައިރު ޓީއެމްއޭގެ އެހެން ބޯޓެއް ވެސް ކަނިފުށި ރިސޯޓުގައި އޮތެވެ. ނަމަވެސް އެ ބޯޓު އަޑިއަށްގޮސްފައެއް ނުވެއެވެ.

ޅ. ކަނިފުށި ރިސޯޓުގައި އޮތް ޓީއެމްއޭގެ ސީޕްލޭންގެ އެއް ބައި މޫދު އަޑީގައި ---- ސަން ފޮޓޯ: ކިޔުންތެރިއެއް
އިއްޔެ ފަތުރުވެރިން ގޮވައިގެން އެ ރިސޯޓަށް ދިޔަ އެ ބޯޓު ރިސޯޓުގައި ބާއްވާފައި އޮތީ ވެސް ކަނޑު ވަރަށް ބޮޑަށް ކަނޑުގަދަވުމުގެ ސަބަބުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ. މިކަމާ ބެހޭގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.