20 Sep 2015, 19:10
މަރުވެފައި އޮތް މީހަކު ގަލޮޅު ގެއަކުން ފެނިއްޖެ އެވެ.
ފުލުހުން ބުނީ 77 އަހަރުގެ ފިރިހެނެއް މަރުވެފައި އޮއްވާ ފެނުނީ ގ. ކޯބިން ނަމަކަށް ކިޔާ ގެއަކުން ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ހުރި ކަމަށް ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ.
"އޭނާގެ ހަށިގަނޑު މިހާރު ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައި. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ޒަހަމެއް ނެތް. އަދި 'ތުހުމަތު ކުރެވޭ' އެއްވެސް ކަމެއް ފެންނާކަށް ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ފުލުހުން ބުނީ އޭނާ މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.