20 Sep 2015, 17:45
ހދ. ހަނިމާދޫ ފަޅުގައި އަޅާފައި އޮތް ސަފާރީބޯޓެއްގެ ނަގިލި ކަހާލައިގެން ގޮނޑުދޮށަށް ލައްވެއްޖެއެވެ.
ފުލުހުން ބުނީ ހަނިމާދޫ ޕޮލިސް ސްޓޭޝަނުގައި ތިބި ފުލުހުން މިހާރު އެބޯޓް ފުން ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ހަނިމާދޫ ފަޅު ތެރޭގައި އޮންނަ އެސަފާރީއަކީ އެރަށުގައި ހޮޓާ ހިންގާ ކުންފުނިން ގެންގުޅޭ ބަރުތީލަ ނަމަކަށް ކިޔާ ސަފާރީއެކެވެ. ވައިގަދަވުމުގެ ސަބަބުން ސަފާރީގެ ނަގިލި ކަހާލައި ސަފާރީ ބީހިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 06:50 ހާއިރުއެވެ.
ސަފާރީ ފުން ކުރުމުގެ މަސައްކަތުގައި ފުލުހުންނާއެކު ރައްޔިތުންނާ ސަފާރީގެ ވެރިފަރާތުން އަންނަނީ ޙަރަކާތްތެރިވަމުންނެވެ