20 Sep 2015, 14:43
ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިއަކާއެކު 17 އަހަރުގެ ފިރިހެން ކުއްޖަކު އައްޑޫ ސިޓީ ހިތަދޫއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެކުއްޖާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު 3:15 ހާއިރު އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށެވެ.
ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅި ފެނިފައިވަނީ އެ ކުއްޖާ ހައްޔަރުކޮށް އެގެ ބަލައިފާސްކުރިއިރު އެގޭ ފާރުކައިރީގައި ހުރި ނާޝި ބަސްތާއެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާގެ ބަންދަށް 10 ދުވަސް ހިތަދޫ ކޯޓުން ވަނީ ޖަހާފައެވެ.
އެމައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.