20 Sep 2015, 09:34
ކަންގަނާ ރަނާވަތު އާއި އިމްރާން ޚާން ފެނިގެންދާ އެންމެ ފަހުގެ ފިލްމު، "ކައްޓީ ބައްޓީ" ބެލުމަށް ފަހު މަރުހަބާ ކިޔުމަށް ބޮލީވުޑް އެކްޓަރު ރިތިކް ރޯޝަން ފޮނުވި މެސެޖަކުން އިމްރާންގެ ބަސްހުއްޓިއްޖެ އެވެ.
އިމްރާން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ރިތިކް މެސެޖެއް ފޮނުވާނެ ކަމަށް އޭނާ އަށް ގަބޫލެއް ވެސް ނުކުރެވުނު ކަމަށެވެ. އަދި އެ މެސެޖުން އޭނާ ބަސް ހުއްޓުނު ކަމަށް ބުނެފައިވެ އެވެ.
"ރިތިކަކީ ހަމައެކަނި އަހަރެންގެ ޝައުގުވެރިކަން ހުންނަ މީހެއް ނޫން. އެތައް ޖީލެއްގެ އެކްޓަރުންނަށް އޭނާ އަކީ ޝައުގުވެރިކަން ލިބިފައިވާ ތަރިއެއް. އަހަންނަކަށް ގަބޫލެއް ނުކުރެވުނު ރިތިކް އަހަންނަށް މެސެޖެއް ފޮނުވުމުން. އަހަރެންގެ ބަސް ހުއްޓިއްޖެ،" އިމްރާން ބުނެފައިވެ އެވެ.
"ކަލް ހޯ ނާ ހޯ" ޑައިރެކްޓްކޮށްފައިވާ ނިކިލް އަދްވާނީ ޑައިރެކްޓްކުރި ފިލްމު، "ކައްޓީ ބައްޓީ" ރިލީޒް ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. މިއީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އިމްރާން ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.