ގިނަ ޒުވާނުންނާއި ކުޑަކުދިންނަށް ކޮމްޕިއުޓަރު ސައިންސް އެޑިއުކޭޝަންގެ ހިދުމަތް ފޯރުކޮށް ދިނުމަށް ޓެކް ކުންފުނި، މައިކްރޮސޮފްޓުން 75 މިލިއަން ޑޮލަރު ހޭދަ ކުރުމަށް ނިންމައިފި އެވެ.

މައިކްރޮސޮފްޓްގެ "ޔޫތުސްޕާކް" ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް ކޮމްޕިއުޓާ ސައިންސްގެ ހިދުމަތް ލިބޭނޭ މަގުފަހި ކުރުމަށް އެ ކުންފުނިން ކުރިއަށް އޮތް ތިން އަހަރު އެ އިންވެސްޓްމެންޓަށް މަސައްކަތް ކުރާނެ އެވެ.

އެ ކުންފުނިން ކުރިއަށް ގެންދާ ޔޫތުސްޕާކް ޕްރޮގްރާމަކީ ކޮމްޕިއުޓާ ސައިންސަށް ގިނަ ޒުވާނުން އަހުލުވެރި ކުރުވައި ޓެކްނޮލޮޖީ އިންޑަސްޓްރީ އަށް ޒުވާނުން ތައްޔާރު ކުރުމަށް ގެންދާ ޕްރޮގްރާމެކެވެ.

ޔޫތުސްޕާކް ޕްރޮޖެކްޓްގެ ދަށުުން ދުނިޔޭގެ އެކި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް މައިކްރޮސޮފްޓްގެ ފަރާތުން ޑޮނޭޝަން އާއި ރިސޯސެސް ލިބޭނެ އެވެ. އަދި އެ ކުންފުނިން ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ލިޓްރެސީ އިން ސްކޫލްސް (ޓީލްސް) މެދުވެރިކޮށް ކޮމްޕިއުޓާ ސައިންސްގެ ހިދުމަތް، ހައިސްކޫލުތަކަށް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރާނެ އެވެ.