ދުބާއީގެ ރޫލާގެ ދަރިކަލުން ޝައިހު ރާޝިދު ބިން މުހައްމަދު ހާޓު އެޓޭކެއްގައި އުމުރުން 33 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

ޔުނައިޓޭޑް އެރެބިއެމެރޭޓްސްގެ ސްޓޭޓް ނިއުސް އެޖެންސީ އިން މިއަދު ބުނީ ރާޝިދު އަވަހާރަވީ ހާޓްއެޓޭކެއްގައި ކަމަށެވެ.

ޝައިހު ރާޝިދަކީ ޝައިހު މުހައްމަދު ބިން ރާޝިދު އަލް މަކުތުމްގެ ދޮށީ އަނބިކަނބަލުން ޝައިހާ ހިންދު ބިންތު މަހުތުމް ބިން ޖުމާ އަލް މަހުތުމްގެ ދޮށީ ފިރިހެން ދަރިކަލުންނެވެ.

ޝައިހް ރާޝިދަކީ ވަރަށް ބޮޑަށް ކުޅިވަރަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އަދި އަސް ދުއްވުމަށް ލޯބި ކުރެވި އެވެ.

ރާޝިދުގެ ކޮއްކޮ ޝައިހު ހަމްދާނަކީ ދުބާއީގެ ވަލީއަހުދެވެ.

ޝައިހު ހަމްދާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ގެއްލިގެން އެ ދިޔައީ ގާތް ރައްޓެއްސެއް ކަމަށާއި އަދި ކުޑައިރުގެ ބައިވެރިއެއް ކަމަށެވެ.

އޭޕީ އިން ބުނީ ޝައިހް ރާޝިދު ފަސްދާނުލެއްވުން އޮންނާނީ ބުދަ ދުވަހު ކަމަށެވެ.