19 Sep 2015, 21:13
އިންޓަ ރިޒޯޓް ވޮލީ ބޯލް ޗެމްޕިއަންޝިޕްގައި އެންމެ ފަހުގެ ޗެމްޕިއަން ބަނޑޮސް އައިލެންޑް ރިޒޯޓްގެ މައްޗަށް 3 ސެޓް 1 ސެޓުން ކާމިޔާބު ހޯދައި ވަންއެންޑް އޮންލީ ރީތި ރަށް ރިސޯޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ބަނޑޮހުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގެ ފުރަތަމަ ސެޓް 25-15 އިން ބަނޑޮސް ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް ރީތިރަށް ޓީމުން ކާމިޔާބު ކުރީ 25-20 ންނެވެ.
ތިން ވަނަ ސެޓް ރީތި ރަށް 25-22 އިން މޮޅުވިއިރު ހަތަރު ވަނަ ސެޓް ކާމިޔާބު ކުރީ 25-23 ންނެވެ.
ޒޯންގެ ޗެމްޕިއަންކަން ރީތިރަށް ހޯދުމުން އެ ޓީމް ވަނީ ޒޯން ޗެމްޕިއަންސް ލިގަށް ކޮލިފައިވެފަ އެވެ.
ޒޯން ޗެމްޕިއަންސް ލީގުގައި އެ ޓީމު ވާދަ ކުރަން ޖެހޭނީ ޒޯން ފަހެއްގެ ޗެމްޕިއަން އަނަންތަރަ ކިހާވަށް ތީމާ ދެކޮޅާށެވެ.
މިއަދު މެޗުން ބަލިވި ބަނޑޮސްއަކީ ޗެމްޕިއަންސް ލީގްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.
މިޒޯންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ބަނޑޮސްގެ މުޙައްމަދު ސާޖިދެވެ.