20 Sep 2015, 01:09
ބިއަރު ދަޅުތަކެއް ގެންގުޅުނު ދެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 20 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މއ. ހަލަވެލިގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ފަހުގައި ކަމަށް ފުލުހުން ބުންޏެވެ.
އެގެއިން 31 ބިއަރު ދަޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ހައްޔަރުކޮށްފައިވާ 18 އަހަރުގެ މީހަކީ ފިހާރައަކުން ވައްކަންކުރުމުގެ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެކެވެ. އަދި 20 އަހަރުގެ މީހަކީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ވައްކަންކުރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.
އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.