އަވަސް އޮންލައިންގެ ޗީފް އެގެޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާމަން އިބްރާހީމް އުމަރު މަނިކު ހަމަޖައްސަވައިފި އެވެ.

މަނިކު މިރޭ ސަން އަށް ވިދާޅުވީ އަވަސް އޮންލައިންގެ ހިންގުމާ އޭނާ މިއަދު ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ.

އަވަސް އޮންލައިންގެ ސީއީއޯގެ އިތުރުން މަނިކަނީ ޗެނަލް13 ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ވެސް މެ އެވެ. އަދި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާމަން އެވެ.

މަނިކު ޗެނަލް 13ގެ ސީއޯއޯގެ މަގާމާ ހަވާލުވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.