Last Updated:
1 decade 2 month ago

މޯސްޓް ރޮމޭންޓިކް ރިސޯޓަކަށް ހުވަފެން ފުށި

    ބުލޮގު ޚުލާސާ

    މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ މިއަހަރުގެ ޓްރޭވަލް އެވޯޑްސްގެ ލައިވް ބްލަގް ބައްލަވާ ފަރާތްތަކަށް މަރުހަބާ.

    ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭ މިއަހަރު މި ގެނެސްދެނީ ކޮކޯ ޕާމް ބޮޑުހިތިން. މަޓާޓޯ ޓްރޭވަލް އެވޯޑްސްގެ ހާއްސަ އެޑިޝަނެއް ވަނީ މިއަހަރު މެއި މަހު ވަނީ ދުބާއީގައި ވެސް ބާއްވާފައި.

    އެ ރަސްމިއްޔާތުގައި 10 ކެޓަގަރީއަކުން ހޮވާލެވުނު ފަރާތްތަކަށް އެވޯޑް ދިން. ހައިރައިޒް އިން ވިލަރެސްކޮށްގެން މިރޭ ކޮކޯ ބޮޑު ހިތީގައި ބާއްވާ ގްރޭންޑް ފިނާލޭގައި 21 ފަރާތަކަށް އެވޯޑް ދޭން ވަނީ ހަމަޖައްސާފައި.

    ޓްރޭވަލް އެވޯޑްސްގެ ލައިވް ކަވަރޭޖް "ސަން" އިން ކިޔުންތެރިންނާ ހަމައަށް ގެނެސްދޭ އިރު "ސަން" އަކީ މަޓާޓޯ މޯލްޑިވްސް ޓްރޭވަލް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރު.

    މަޓ

    22:23

    ލީޑިން ލަގްޒަރީ ރިސޯޓަކަށް ހޮވިފައި ވަނީ ސޮނެވާ ފުށި. މިދިޔަ އަހަރު އެ އެވޯޑް ހޯދީ ހުވަފެންފުށިން.

    22:21

    ލީޑިން ފެމެލީ ރިސޯޓް އެވޯޑް ހާސިލްކުރީ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް. އެ ރިސޯޓުން ވަނީ 2013 ވަނަ އަހަރުވެސް މި އެވޯޑް ހޯދާފަ. ނަމަވެސް 2014 ވަނަ އަހަރު އެ އެވޯޑް ހާސިލް ކުރީ ލަކްސް މޯލްޑިވްސް އިން. އަނެއްކާ މިއަހަރު ސެންޓާރާ އިން މިވަނީ އެވޯޑް ހާސިލްކޮށްފަ.

    22:20

    ލީޑިން ބީޗް ރިސޯޓަކަށް ހޮވުނީ އަނަންތަރަ ކިހާވަށް ވިލާސް ހޮވިއްޖެ.

    22:16

    ލީޑިން ބީޗް ރިސޯޓަކަށް ހޮވުނީ އަނަންތަރަ ކިހާވަށް ވިލާސް ހޮވިއްޖެ.

    22:14

    ލީޑިން ޑައިވް ސްކޫލް އެވޯޑް ހާސިލް ކުރީ ބްލޫ ޓްރައިބް ބައި ކޮންސްޓެންސް ހޮޓެލްސް.

    22:13

    ލީޑިން ޑިޒައިނާ ރިސޯޓަކަށް ހޮވުނީ ޕާކް ހަޔަތް މޯލްޑިވްސް ހަދަހާ. މިދިޔަ އަހަރު އެ އެވޯޑް ލިބުނީ ދުބާއީ ކުންފުންޏަކުން ހިންގާ ދުސިޓްރާނީ އަށް.

    22:10

    ލީޑިން ސާފް ރިސޯޓަކަށް ހޮވުނީ އަދާރަން ސެލެކްޓް ހުދުރަންފުށި. ވޭތުވެދިޔަ އެ ދެ އަހަރު އެ އެވޯޑް ހާސިލްކުރީ ޗާޔާ އައިލެންޑް ދޮންވެލި ރިސޯޓުން.

    އަދާރަން ސެލެކްޓް ހުދުރަންފުށިން އެވޯޑާ ހަވާލު ވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    22:09

    ލީޑިން އެފް އެންޑް ބީ ރިސޯޓް އެވޯޑް ހާސިލްކުރީ ޕާ އެކިއުމް ނިޔާމަ. ވޭތުވެދިޔަ ދެ އަހަރު އެ އެވޯޑް ހާސިލްކުރީ ތާޖް އެގްޒޯޓިކާ.

    22:02

    މޮސްޓް ރޮމޭންޓިކް ރިސޯޓްގެ އެވޯޑް ހާސިލް ކުރީ ޕާ އެކުއަމް ހުވަފެންފުށި. އެ ރިސޯޓުން މިދިޔަ އަހަރު ވަނީ ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑް ހޯދާފައި

    ހުވަފެންފުއްޓަށް އެވޯޑު ދެނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    21:50

    ލީޑިން އޯލް އިންކްލޫސިވް ރިސޯޓް އެވޯޑް ހާސިލްކުރީ ލަކްސް މޯލްޑިވްސް އިން. 2013 ވަނަ އަހަރު ވެސް ލަކްސް މޯލްޑިވްސް އިން އެ އެވޯޑް ހާސިލްކުރި ނަމަވެސް މިދިޔަ އަހަރު އެ އެވޯޑް ހޯދީ ސެންޓާރާ ގްރޭންޑް އައިލެންޑް.

    ލަކްސް މޯލްޑިވްސްއަށް އެވޯޑު ހަވާލު ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    21:49

    ލީޑިން ލޯކަލް ހޮޓެލް/ރިސޯޓް ބްރޭންޑަކަށް ހޮވުނީ ވިލާ ހޮޓެލް.

    21:44

    ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓް އެވޯޑް ހާސިލްކުރީ އަނަންތަރާ ވެލި ރިސޯޓް އެންޑް ސްޕާ. މިދިޔަ އަހަރު އެ އެވޯޑް ހާސިލްކޮށްފައި ވަނީ ސިކްސް ސެންސަން ރިސޯޓް އެންޑް ސްޕާ އިން.

    ލީޑިން ވެލްނެސް އެންޑް ސްޕާ ބްރޭންޑުގެ އެވޯޑު ހާސިލް ކުރީ ވެސް އަނަންތަރާ ވެލި ރިސޯޓް އެންޑް ސްޕާ އިން.

    ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓް އެވޯޑް އަނަންތަރާ ވެލި ރިސޯޓް އެންޑް ސްޕާއާ ހަވާލު ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    21:42

    ލީޑިން ސީއެސްއާރު ޕްރޮގްރާމް އެވޯޑް ހޯދީ ކޮކޯ ޕާމް ދުނިކޮޅު. މިއީ އެ ރިސޯޓުން މި އެވޯޑް ހާސިލްކުރި ފުރަތަމަ ފަހަރު. ވޭތުވެދިޔަ ދެ އަހަރު އެ އެވޯޑް ހޯދީ ކުރުނބާ މޯލްޑިވްސްއިން.

    ކޮކޯ ޕާމް ދުނިކޮޅަށް އެވޯޑު ހަވާލު ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    21:41

    މޮސްޓް ސަޕޯޓިވް ރިސޯޓަކަށް ހޮވިފައި ވަނީ ބަނޑޮސް އައިލެންޑް ރިސޯޓް

    21:40

    ލީޑިން ލިވަބޯޑް ބްރޭންޑަކަށް ހޮވުނީ ކާޕޭ ޑިމް މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑް. ވޭތުވެދިޔަ ދެއަހަރު އެ އެވޯޑް ހާސިލްކޮށްފައި ވަނީ ވޮޔެޖަސް މޯލްޑިވްސް އިން.

    ކާޕޭ ޑިމް މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑް އެވޯޑު ހަވާލު ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    21:33

    ލީޑިން ލިވަބޯޑް އަކަށް ހޮވިފައި ވަނީ ވޮޔޭޖަސް މޯލްޑިވްސް. މިދިޔަ ދެ އަހަރު އެ އެވޯޑް ހޯދާފައި ވަނީ ދާއިންކަނބާ އިން.

    ވޮޔޭޖަސް މޯލްޑިވްސްއަށް އެވޯޑު ހަވާލު ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މުސާ
    21:28

    ލީޑިން އެކްޓިވިޓީ ވޯޓާސްޕޯޓްސް ސެންޓަރަކަށް ހޮވުނީ ކިޔު އެޑްވެންޗާ މޯލްޑިވްސް.

    ލީޑިން ޑައިވް ރިސޯޓަކަށް ހޮވިފައި ވަނީ ބަނޑޮސް އައިލެންޑް ރިސޯޓް.

    ލީޑިން ޑައިވް ރިސޯޓަކަށް ހޮވުނު ބަނޑޮސް އައިލެންޑް ރިސޯޓަށް އެވޯޑު ހަވާލު ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    އެކްޓިވިޓީ ވޯޓާސްޕޯޓްސް ސެންޓަރަކަށް ހޮވު އެޑްވެންޗާ މޯލްޑިވްސްއަށް އަށް އެވޯޑު ހަވާލު ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    21:24

    ލީޑިން ބިޒްނަސް ހޮޓެލް އަކަށް ހޮވުނީ ހޮޓެލް ޖެން

    ހޮޓެލް ޖެންއަށް އެވޯޑު ހަވާލު ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    21:22

    ލީޑިން ޑޮމެސްޓިކް އެއާލައިނަކަށް ވިލާ އެއާގެ ފްލައިމީ ހޮވިއްޖެ. މިއީ މިއަހަރު އަލަށް ތައާރަފުކުރި އެވޯޑެއް. އެ ފަރާތައް އެވޯޑް ހަވާލު ކޮށްދެއްވީ މޯލްޑިވްސް އެއާޕޯޓްސްގެ ޖެނެރަލް މެނޭޖަރު މުޖުތަބާ ލަތީފް.

    ލީޑިން ޑޮމެސްޓިކް އެއާލައިނަކަށް ޕްލައިމީ
    މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް

    މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވާހަކާފުޅު ދައްކަވައިފި.

    ގިިޔާސް ވިދާޅުވީ މިއަހަރުގެ އެވޯޑް ވެސް ކާމިޔާބުކަމާ އެކު ކުރިއަށްދާ އިރު، ކުރިއަށް އޮތް 2016 ވަނަ އަހަރުގައި ޓްރެވަލް އެވޯޑް ތަފާތު ގޮތަކަށް ފެންނާނެ ކަމަށް.

    އަންނަ އަހަރު މި އެވޯޑް މުޅިން ތަފާތު ގޮތަކަށް ފެނިގެންދާނެ. އެއީ އަންނަ އަހަރަކީ މި ޓްރޭވަލް އެވޯޑަށް 5 އަހަރުވާ އެނިވާސަރީ ވީމަ