19 Sep 2015, 16:46
މިސުރުގެ ރައީސް އަބްދުލްފައްތާހު އަލް ސިސްސިސްގެ ސަރުކާރު އޭނާ މިދިޔަ ހަފްތާގައި އުވާލުމަށް ފަހު އަލުން އެކުލަވާލި ކެބިނެޓް މިއަދު ހުވާކޮށްފި އެވެ.
ސިސްސްގެ ސަރުކާރުގައި އިގްތިސާދު ރަނގަޅު ކުރުމަށާއި އިސްލާމިކް ކަންކަން ރަނގަޅު ކުރުމަށް، ކުރީގެ ދެ މިނިސްޓަރުން ވަނީ އަލުން އައްޔަންކޮށްފަ އެވެ.
ޕެޓްރޯލިއަމް މިނިސްޓަރަކަށް އައްޔަން ކުރެއްވީ، ސްޓޭޓް އޮއިލް ކުންފުނީގެ ހެޑް ތާރީގް އަލް މުއްލާ އެވެ. އެ ބަދަލަކީ ބޭރުގެ އިންވެސްޓަރުން ބޮޑަށް ޝައުގު ކުރުވުމަށް އެޅި ފިޔަޅެއް ކަމަށް ރޮއިޓާސް އިން ބުންޏެވެ.
ތެއްތިރީސް މެމްބަރުންގެ އާ ސަރުކާރުގައި 16 މިނިސްޓަރުންނަކީ އަލަށް އައްޔަން ކުރެއްވި މިނިސްޓަރުންނެވެ. ނަމަވެސް މުހިންމު މަގާމެއް އެއިން ބޭފުޅަށް ދެއްވީ ވަރަށް މަދުންނެވެ.
ޑިފެންސް، ފޮރިން އަދި ޖަޖިސްޓިސް މިނިސްޓަރުންނަށް އައްޔަން ކުރެއްވީ ކުރިން ވެސް ތިއްބެވި ބޭފުޅުންނެވެ. ހަމަ އެއާ އެކު ޕްލޭނިން ނާއި ސަޕްލައި މިނިސްޓްރަކަށް ވެސް އައްޔަން ކުރެއްވީ ވެސް ކުރީގެ މިނިސްޓަރުންނެވެ،