މިދިޔަ އަހަރު ބްރަޒިލްގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ޓިކެޓް ވިއްކުމުގައި ކޮރަޕްޝަންގެ އަމަލު ހިންގުމުގެ ތުހުމަތުގައި ފީފާގެ ސެކެޓްރީ ޖެނަރަލް ޖްރޯމް ވާލްކާ ސަސްޕެންޑްކޮށްފިއެވެ.

ފީފާގެ ރައީސް 'ސެފް ބްލެޓާގެ ކަނާތް ކަމަށް' މަޝްހޫރުވެފައިވާ ވޯލްކާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފީފާގެ ހުރިހާ މަސްއޫލިއްޔަތަކުން ދުރުކޮށް ސަސްޕެންޑްކޮށްފައި ވަނީ ވޯލްޑްކަޕް ޓިކެޓްގެ މޫނުމަތީގެ އަގަށްވުރެ ބޮޑުކޮށް ވިއްކުމުގެ މައްސަލައިގައި ބާކީ ހުރި ތަހުގީގްތައް ކުރިއަށް ގެންދިއުމަށެވެ.

މަގާމުން އޭނާ ދުރުކުރިއިރު ސްވިޒަލޭންޑްގެ ކުޅިވަރު މާކެޓިންގ ކުންފުންޏެއް ކަމުގައިވާ ޖޭބީ ސްޕޯޓްސް މާކެޓިން ކުންފުންޏާ ޓިކެޓް ވިއްކަން ހަވާލުކުރިރު ފަސް ފަހަރެއްގެ މަތިން މޫނު މަތީ އަގަށް ވުރެ ބޮޑުކޮށް ޓިކެޓް ވިއްކާފައިވާއިރު އެލިޔުންތަކުގައި ވޯލްކާ ސޮއިކޮށްފައިވާ ކަންވަނީ ޢާންމުވެފަ އެވެ.

ކުރިން އަންނަ އަހަރު ފެބްރުއަރީ މަހާ ހަމަޔަށް މަގާމުގައި ހުންނާނެކަމަށް ވިދާޅުވި ވޯލްކާ ވަނީ މިދިޔަ ހަފުތާގައި އޭނާގެ ކޮންޓްރެކްޓް އުވާލައި މަގާމުން އިސްތިއުފާ ދިނުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ނުވީ އެއްބަސްވުމަކާ ހަމަޔަށް ނާދެވުމުންކަމަށް ސްވިޒަލޭންޑްގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސްވިޒަލެންޑްގެ ބަންޑަރަނައިބު އޮފީހުން ގެންދަނީ ވޯލްކާގެ މައްސަލަ ޖިނާއީ ކުށެއްގެ ގޮތުގައި ތަހްގީގް ކުރަމުންނެވެ.

ދެހާސް ހަތް ވަނަ އަހަރު ފީފާގެ މަގާމަ ހަވަލުވީ ވޯލްކާގެ ކޮންޓްރެކްޓްގެ މުއްދަތުގައި ބާކީ ދެއަހަރު އެބައޮތެވެ.

ވޯލްކާ މައްސަލަ ފީފާގެ އެތިކްސް ކޮމިޓީން ތަހުގީގު ކުރާއިރު ތަހްގީގް ކުރިއަށްދަނީ ޓިކެޓްގެ މައްސަލަތޯ ނުވަތަ ވޯލްކާއާ ގުޅުންހުރި ފީފަގެ އެހެން މައްސަލައެއްތޯއެއް އެތިކްސް ކޮމިޓީއިން ހާމައެއް ނުކުރެއެވެ.

ފީފާގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން މެއި ޒިޔުރިކްގެ ފުލހުން ހައްޔަރު ކުރި ފީފާގެ ކުރީގެ ނައިބުރައީސް ޔޫޖީނިއޯ ފެގްރޭޑޯގެ މައްސލަ ސްވިޒަލޭންޑުން ވަނީ އެމެރިކާގެ އެދުމުގެ މަތިން މައްސަލައިގެން ކުރިއަށް ގެންދިއުމަށް އެމެރިކާއާ ހަވާލުކޮށްފައެވެ.