21 Mar 2011, 16:09
މިނިސްޓާ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އަޙްމަދު ނަސީމް )ކެރަފާ ނަސީމް(، އަދި އެޓާނީ ޖެނެރަލް ކަމަށް އަބްދުﷲ މުއިއްޒު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އައްޔަންކުރައްވައިފި އެވެ.
އެ ދެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އައްޝައިޚް ޔޫސުފް ހުސައިންގެ ކުރިފުޅުމަތީގައި ކަމަށާއި ހުވާކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިގުރާރުގައި ސޮއިކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ފޮރިން މިނިސްޓަރަކަށް އައްޔަން ކުރެއްވި ހ. ހިކިފިނިފެންމާގޭ ކެރަފާ ނަސީމު މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމުގަ އެވެ. އަދި އޭޖީއަކަށް އައްޔަންކުރެއްވި މއ. ޑޯންޝައިން އަލްއުސްތާޒު އަބްދުﷲ މުއިއްޒު މިހާތަނަށް ހުންނެވީ، އެޓަނީޖެނެރަލްގެ އޮފީހުގެ ސޮލިސިޓާ ޖެނެރަލް ކަމުގެ މަގާމުގަ އެވެ.