19 Sep 2015, 13:56
ފަންސަވީސް ބުރީގެ އޮފީސް އިމާރާތެއް އަޅެމުމަށް ބީލަން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީ އިން ހުޅުވާލި ބީލަމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، އެ މިނިސްޓްރީ ހުންނަ އިމާރާތުގެ ދެކުނަށް އޮންނަ 32،500 އަކަފޫޓުގެ ބިމުގައި އެޅުމަށް އިއުލާންކޮށްފައިވާ 25 ބުރީގެ އޮފީސް ކޮމްޕްލެކްސް ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނުގެ މުއްދަތު މި މަހު 29 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ކުރިން ހަމަޖެހިފައި އޮތީ އަންނަ ހޯމަ ދުވަހުގެ 14:00 އަށެވ
އެކަމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް ކުރި އިއުލާންގެ މުއްދަތު އިތުރު ކުރީ ކީއްވެގެން ކަމެއް ފިނޭންސަކުން ނުބުނެ އެވެ. ނަމަވެސް އީދު ބަންދުގެ ދުވަސްތައް އިތުރު ކުރި އިރު އެ ދުވަސް މިހާރު ވަނީ ބަންދު ދުވަހަކަށް ހަމަޖައްސައިފަ އެވެ.
ެފިނޭންސުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ޓާމްސް އޮފް ރިފަރެންސް އާ އެއްގޮތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
"މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު (ބްރޯޝާ ދާއިރާ އިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ޙާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެ،" ފިނޭންސްގެ އިއުލާނުގައި ބުންޏެވެ.