އައްޑޫ ސިޓީގެ ގޮނޑުދޮށްތައް މިއަދު ހެނދުނު ސާފުކޮށްފި އެވެ.

އައްޑޫ ސިޓީގެ ނޫސްތަކުން މިއަދު ބުނީ ޝަންގްރިއްލާ ރިސޯޓާއި އައްޑޫގެ ސްކޫލުތަކާއި އަދި ކައުންސިލް އިދާރާ ގުޅިގެން، ގޮނޑުދޮށްތައް ސާފުކުރީ، ދުނިޔޭގެ ކޯސްޓަލް ކްލީންއަޕް ދުވަހާ ގުޅުވައިގެން ހިންގި ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.

ގޮނޑުދޮށްތައް ސާފުކުރުމަށް މަސައްކަތް ކުރި ކުދިންނާއި މީހުން ކުނިތަކާ އެކު

އެ ހަރަކާތުގައި ގިނަ އަދަދަކަށް ސްކޫލް ކުދިން އަމަލީ ގޮތުން ބައިވެރިވެފައިވުމުގެ އިތުރަށް މުދައްރިސުން ވެސް ބައިވެރިވެފައިވެ އެވެ. އަދި ގޮނޑުދޮށްތަކުން ވަނީ ގިނަ އަދަދަދެއްގެ ފުޅި އާއި ދަޅު އަދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި ނަގައިފަ އެވެ.

ގޮނޑުދޮށްތަކުން ނެގި ކުނިތައް ވަނީ ކުނި ކޮއްޓަށް ގެންގޮސްފަ އެވެ.