ޗެމްޕިއަންސް ލީގްގައި އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑް ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޮވަން އަތުން ބަލިވި މެޗްގައި ޔުނައިޓެޑްގެ ލޫކް ޝޯއަށް އަނިޔާވެ ހަ މަހަށް ކުޅުމާދުރަށް ދާންޖެހިއްޖެ އެވެ.

އެ މެޗްގެ 15 ވަނަ މިނެޓްގައި ޕީއެސްވީގެ ހެކްޓާ މޮރޭނޯ ކުރި ނުރައްކާތެރި ޓެކުލްއަކާ ގުޅިގެން މެޗުގެ ކުޅުންވަނީ ނުވަ މިނެޓެއް ހާއިރަށް މެދުކަނޑާލައި ނުވަ މެޑިކަލް އޮފިސަލުންގެ ޓީމަކުން ލޫކް ޝޯއަށް ފަރުވާދޭން ފަށާފައެވެ.

ޝޯ ދަނޑުން ބާލާފައިވަނީ ވެސް އޮކްސިޖަން ގުޅައިގެން ޓްރޮލީއެއްގެ އެހީގައި އަށިގަނޑަށް ލައިގެން ވަރަށް ފަރުވާތެރި ކަމާއިއެކީގައެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ޝޯއަށް ވަނީ ފަރުވާދޭން ފަށާފައެވެ.

''ޗޭންޖިން ރޫމް އިން ޝޯ އާ ދިމާވި. އޭނާވަނީ އޮކްސިޖަން ވެސް ގުޅާފައި އަދި ރޮވިފައި ހުރީ އަހަރެންނަކަށް އޭނާއާ ވާހަކަ ދެއްކޭގޮތެއް ނުވި،'' މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ވެންހާލް ބުންޏެވެ.

ލޫކް ޝޯއަށް ލިބުނު އަނިޔާއާ ގުޅޭގޮތުން ޔުނައިޓެޑްގެ ކޯޗު ވެންޙާލް ބުނީ ޝޯގެ ކާނާތު ފައިގެ ދެ ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

އިންޖަރީގެ ސަބަބުން ލޫކް ޝޯއަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗު ތަކެއް ގެއްލުނު ކަމުގައި ވިޔަސް އުންމީދު ކުރަނީ ހަމަސް ފަހުން މި ސީޒަނުގައި އޭނާއަށް ކުޅެވޭނެ ކަމަށް ވެސް ވެންހާލް ބުންޏެވެ.

ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރު ލޫކް ޝޯ އަށް ލިބުނު އަނިޔާއާ ގުޅިގެން ދެވަނަ އޮޕަރޭޝަނެއް މިއަދު ކުރެވޭނެ ކަމަށް ދަ ގާޑިއަން ނޫހުންބުންޏެވެ.