ދުނިޔޭގެ މަޝްހޫރު ލެކްޗަރާ ޔާސްމީން މުޖާހިދު ކާނިވާ ސަރަހައްދުގައި މިރޭ ދޭން ހަމަޖެހިފަ އޮތް ދަރުސް މޫސުން ތަންނުދޭތީ އިސްލާމީ މަރުކަޒަށް ބަދަލުކޮށްފައިވާ އިސްލާމިން މިނިސްޓްރީން ބުނެފިއެވެ.

"ﷲ ގެ ރަހުމަތަށް އުންމީދު ކުރާށެވެ" އެ މައުޟޫއުގައި މިރޭ ކުރިއަށް ގެންދާ ދަރުހަކީ އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ 'ދަ މެސްޖް' ސިލްސިލާގެ ދަށުން ބާއްވާ ދަރުސް އެކެވެ.

އަލްއުސްތާޒާ ޔާސިން ގެންދަވަނީ އެމެރިކާ އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ ގައުމުތަކުގައި ކޯސްތައް ހިންގާ އަލްމަޢުރިބު އިންސްޓިއުޓްގެ ލެކްޗަރާއެއްގެ މަގާމު އަދާކުރައްވަމުންނެވެ. މީގެ އިތުރުން އޭނާއަކީ ހަފިންގްޓަން ޕޯސްޓް ނޫހަށް ލިޔުއްވާ ބޭފުޅެކެވެ.

ދަ މެސެޖް ސިލްސިލާގެ ދަށުން ދުނިޔޭގެ މައްޝޫރު އިލްމުވެރިން ވަނީ ރާއްޖޭގައި ދަރުސް ދެއްވާފަ އެވެ.